ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތް ‘އައްނޫރުލް މުބީން’ 2018
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުވަތަށް ބާއްވާ މި މުބާރާތް ކުރިޔަށް ގެންދަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒު އާއި އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ.
މި މުބާރާތުގައި ވާދަކުރާނެ ދިވެހިން ހޮވުމަށް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މި މަރުކަޒުގެ ރައީސް އައްޝައިޙް އިބްރާހީމް ރަޝީދުމޫސާ ވިދާޅުވިއެވެ.
މި މުބާރާތުގައި ޕާކިސްތާނުގެ ފަނޑިޔާރަކާއި ތުރުކީއާއި މިސްރުގެ އިތުރުން ރާއްޖޭގެ ދެ ފަނޑިޔާރުންވެސް ބައިވެރިވާނެއެވެ.
ޢިއުލާން “އައްނޫރުލް މުބީން” ގައި ދިވެހިރާއްޖެ ތަމްޘީލް ކުރާ ފަރާތެއް ހޮވުމާބެހޭ