ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގައްދޫ ގޮތްޕާއި އާ މިސްކިތް ނައިބް ރައީސް ހުޅުއްވައިދެއްވައިފި

ނައިބް ރައީސް ފައިސަލް ނަސީމް، ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގދ. ގައްދޫ ގޮތްޕާއި އެރަށުގައި ސަރުކާރުން އިމާރާތްކުރި އާ މިސްކިތް ހުޅުއްވައިދެއްވައިފިއެވެ.

އެ ދެތަން ނައިބް ރައީސް ހުޅުއްވައިދެއްވީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ގައްދުއަށް ކުރެއްވި ޒިޔާރަތުގައެވެ.