ހއ. ދިއްދޫ ޗޭނު ޖަމިއްޔާގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން، ހއ. ދިއްދޫ ޗޭނު ޖަމިއްޔާގެ އިސްވެރިންނާއި ބައްދަލުކުރެއްވުން. މި ބައްދަލުވުމުގައި ޗޭނު ޖަމިއްޔާއިން ހިންގަމުންދާ ކީރިތި

ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި ކިޔަވައިދިނުމުގައި ހުރި ދަތިތަކާއި މި ދަތިތައް ހައްލުކޮށް ކޯސްތަކާއި އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާމެދު މަޝްވަރާ ކުރެވުނެވެ.