މަރްކަޒުގެ މަސައްކަތް

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ  އަސާސީ މަސައްކަތްތައް

ކީރިތި ޤުރުއާނާބެހޭ ޢިލްމުތައް އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.

ކީރިތި ޤުރުއާން ތަޖްވީދު މަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ހިންގުން.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ރާވައި ހިންގުން.

ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ކުދިން ބައިވެރިކުރުމާއި، އެކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކޮށް، ޝާއިޢު ކުރުމުގެ މަސައްކަތް ކުރުމާއި ޤުރުއާނުގެ ތަރުޖަމާ ފަސޭހަކަމާއެކު ދިވެހި ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުން.

ކީރިތި ޤުރުއާނުގެ ތާރީޚާބެހޭ ދިރާސާކުރުން.

ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ސައިންޓިފިކް ހަޤީގަތްތައް ދިރާސާކޮށް، ޝާޢިއުކުރުން.

ޙަދީޘް ޢިލްމާބެހޭ ދިރާސާތައް ކުރުމާއެކު ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމް ފެތުރުން.

ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް ޢާންމުންނަށް ލިބޭނެގޮތް ހެދުން.

ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުސްހަފުތައް އިޙްތިރާމާއެކު ނައްތާލުމަށް މަޝްވަރާދިނުން.

ރާއްޖެއަށް ބޭނުންވާ ޤުރުއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.

ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓުން.

ރާއްޖޭގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.

ކީރިތި ޤުރުއާނާއި ސުންނަތާބެހޭ ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ފަންނީ އެހީތެރިކަން ހޯދުން.