މަރްކަޒުގެ މާރެސް

ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށް ޚިދްމަތް ކުރުމުގެ މައިދާނުގައި ނަމޫނާ އިސްލާމީ މުއައްސަސާއަކަށް ވުން

މަރްކަޒުގެ ރިސާލަތު

ﷲގެ ފޮތަށާއި އެކަލާނގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ޚިދްމަތް ކުރާ ދައުލަތުގެ ނަމޫނާ މަރްކަޒަކަށް ވުމަށާއި، ދިވެހި ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ދެކުނު އޭޝިޔާގެ ޤައުމުތަކަށް ލިބިގެންވާ އިސްލާމީ ދަޢުވަތުގެ މަނާރާއަކަށް ވުމަށް   މަސައްކަތް ކުރުން

ޤުރްއާނީ ސަޤާފަތް ތަރައްޤީ ކުރުމަށާއި ފެތުރުމަށް މަސައްކަތް ކުރުން

މުޖްތަމަޢަށް ހުޅުވިގެންވާ ، އުފެއްދުންތެރިކަމަށް ހިތްވަރުދޭ ވެށްޓެއް ޤާއިމުކޮށްގެން ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމާއި އޭގެ ޢިލްމުތައް ފެތުރުމަށް މަސައްކަތް  ކުރުން

ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ބިނާ ކުރުމުގައި  ޙިއްޞާވުން

މަރްކަޒުގެ ލަނޑުދަނޑިތައް

ކީރިތި ޤުރްއާނަށާއި މާތް ރަސޫލާގެ ޠާހިރު ސުންނަތަށް ޚިދްމަތް ކުރުމާއި، އެ މައިދާންތަކުގައި ދިރާސާތައް ކުރުމާއި މި ދިރާސާތައް ފެތުރުމަށް މަސައްކަތް ކުރުން

ދިވެހި މުޖްތަމަޢުގައި އިސްލާމީ ދަޢުވަތު ފެތުރުމަށާއި އެކަމާ ބެހޭ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި، އިސްލާމުދީނުގެ މެދުމިން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން.

ކީރިތި ޤުރްއާން ކިޔަވާ ދިނުމަށާއި އިމާމުކަމަށް ބޭނުންވާ ޤާބިލު އަހްލުވެރި އިންސާނީ މުއްސަނދިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން.

ކީރިތި ޤުރްއާނުގެ ތަފާތު މުބާރާތްތައް ބޭއްވުން

މިސްކިތުގެ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން

ރާއްޖޭގެ މުގުރިންގެ ފެންވަރު މަތި ކުރުމަށާއި މުގުރިން ގިނަކުރުމަށް މަސައްކަތް ކުރުން

ކީރިތި ޤުރްއާން ހެޔޮކޮށް ކިޔަވަން ދަންނަ މުޖްތަމަޢަކަށް  ދިވެހި މުޖްތަމަޢު ހެދުމަށް މަސައްކަތް ކުރުން.

ތަފާތު ޢުމުރުފުރާތަކަށް ޚިދްމަތް ދިނުމަށް ޓަކައި އަތޮޅުތަކާއި ރަށްރަށުގައި މަރްކަޒުގެ ގޮފިތަކާއި ކިލާސްތައް ޤާއިމުކުރުން

ޤުރްއާނާ ބެހޭ ތަފާތު މުއައްސަސާތަކުގެ ތެރެއިން ލައިފައި މުޖްތަމަޢުގެ ތަފާތު ގިންތިތަކާއެކު ގުޅުން ދެމެހެއްޓުން

މަރްކަޒުގެ މަސައްކަތްތަކާ ގުޅުން އެތެރެއާއި ބޭރުގެ ފަރާތްތަކާއެކު އެއްބާރުލުން ޤާއިމުކުރުމަށް ހިތްވަރު ދިނުން.

ޒަމާނާ އެކަށިގެންވާ ފަދަ އިސްލާމީ ލައިބްރަރީއެއް މަރްކަޒުގައި ޤާއިމުކޮށް މި ލައިބްރަރީގެ ޚިދްމަތް ޢާއްމު ކުރުން

ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ މައިދާނުގައި މެދުނުކެނޑިދޭ ތަޢުލީމާއި  ދުރުންދޭ ތަޢުލީމުގެ މުއައްސަސާއަކަށް މަރްކަޒު ހެދުން.