އައްނޫރުލް މުބީން ޤުރުއާން މުބާރާތް މާދަމާ ފެށޭނެ.

ދިވެހިރާއްޖޭގައި
ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތް މާދަމާ 13 މާރޗް ވާ އާދިއްތަ ދުވަހު ހެނދުނު ދިވެހިރާއްޖޭގެ އަޑު ސިނަކޯ މާލަމުގައި ފެށުމައް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވާންޖެހޭ އެއްމެފަހުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ. މިގޮތުން މި މުބާރާތުގެ ފަނޑިޔާރުންނާއި އަދި ބައިވެރިންނާއިއެކު މިއަދު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ.