"62 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދަރިވަރު އެނބުރި ރާއްޖެ އައުން.

މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން އޮކްޓޫބަރު މަހުގެ 17 އިން 22 އަށް ކުއާލަލަންޕޫރުގައި ބޭއްވި 62 ވަނަ “އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022” ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި ބައިވެރިޔާ ޢާއިޝަތު ލީޝް އަޢްރަފް (ކަލާފާން ސްކޫލް) މުބާރާތް ނިންމުމަށްފަހު ބެލެނިވެރިޔާއާއެކު އެނބުރި ރާއްޖެއަށް 26 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ހެނދުނު 8.30 ގައިވަނީ އައިސްފައެވެ. މިމުބާރާތުގެ ބައިވެރި ޤައުމުތަކުގެ ތެރެއިން ދިވެހިރާޖެ ތަމްސީލުކުރި ޢާއިޝަތު ލީޝް ވަނީ ގަދަދިހައެއްގައި ހިމެވިފައެވެ.