މުދައްރިސުންނަށް ޤުރްއާން ބްރައިލް ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން މިމަރުކަޒުގެ މުދައްރިސުންނަށް ޤުރްއާން ބްރައިލް ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު  20 ޑިސެމްބަރ 2022 ގައި ވަނީ ބޭއްވިފައެވެ. މިފްރޮގްރާމްގެ ސަބަބުން ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންނަށް ބްރައިލް (ލޯފަން ކުދިންނަށް ޤުރްއާން ދަސްކޮށްދިނުމުގެ ހުނަރު) ދަސްވެ، މުޖުތަމަޢުގައި ތިބި މިފަދަ ދަރިވަރުން ދީނީ ކަންކަމާއި ދުނިޔަވީ ކަންކަމަށް ހޭލުންތެރި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަވަނީ ބްރައިލް ޕްރޮގްރާމް ހިންގުމުގެ ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވާ މުޙައްމަދު ރިޔާޟްއެވެ

.