ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ބާރަށުގައި

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ. ބާރަށުގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި މި މަރުކަޒާއި ބާރަށު ކައުންސިލާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ

މި މަރުކަޒުގެ ގޮފި ހިނގަމުންދާނީ އެ ރަށު ޕްރީ ސްކޫލުގައެވެ.

މި ގޮފީގައި ކުޑަކުދިންނަށް ކިޔަވައިދިނުމުގެ އިތުރުން ގާރީ ފެންވަރުގެ ކޯސްތައް ބޮޑެތި މީހުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.

ބާރަށުގައި ހުޅުވި މި މަރުކަޒުގެ ގޮތްޕަށް ބޭނުންވާ ފަންނީ ޓީޗަރުންހޯދައި  ދެމަސްދުވަސް ތެރޭގައި ތަން ހުޅުވުމަށް ވަނީ ނިންމާފައެވެ.