ސުދާނުގެ ޖާމިޢަތުލް ޤުރްއާނިލް ކަރީމި ވަލް ޢުލޫމިލް އިސްލާމިއްޔާ ގެ ޗާންސްލަރ ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާންގެ ދަތުރުފުޅު

ކީރިތި
ޤުރްއާނާ ބެހޭ މަރްކަޒުގެ ރައީސް އަލްއުސްތާޒު އިބްރާހީމު ރަޝީދު މޫސާގެ ދަޢުވަތަކަށް ސުދާނުގެ ޖާމިޢަތުލް ޤުރްއާނިލް ކަރީމި ވަލް ޢުލޫމިލް އިސްލާމިއްޔާ ( ޔުނިވަރސިޓީ އޮފް ހޯލީ ޤުރްއާން އެނޑް އިސްލާމިކް ސައެންސަސް ) ގެ ޗާންސްލަރ ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާން މި މަހުގެ 19ން 23ށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

މިއީ 2017ވަނަ އަހަރު އެ ޔުނިވަރސިޓީއާ މަރްކަޒާ ދެމެދުގައި ސޮއިކޮށްފައިވާ ފަހްމުނާމާގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒިޔާދު ، ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާނާ މާރިޗް މަހުގެ  20 ވަނަ ދުވަހު  ބައްދަލު ކުރެއްވިއެވެ.

އަދި އިސްލާމީ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޒުއް ޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމު ، 21 ވަނަދުވަހު ، ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާނާ ބައްދަލު ކުރެއްވިއެވެ.

ޕްރޮފެސަރ ސަލްމާނު 21ވަނަ ދުވަހު ހެދުނު އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއަށް ޒިޔާރަތް ކުރައްވައި އެ މަދްރަސާގެ ކަންތައްތައް ބައްލަވައި ލެއްވިއެވެ. އެ މަދްރަސާއިން ދަސްވެނިވާ ކުދިންނަށް
ކީރިތި
ޤިރްއާނާ ބެހޭ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރްޞަތު ތަނަވަސްކޮށް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.

ޕްރޮފެސަރ ސަލްމާނުގެ ޝަރަފުގައި ޑރ. ޒިޔާދު 21ވަނަ ދުވަހުގެ ރޭ ފަރިއްކޮޅެއް ބޭއްވެވިއެވެ.

ޕްރޮފެސަރ ސަލްމާން 22ވަނަ ދުވަހު ހުޅުމާލެއަށް ވަޑައިގެން އެ ސިޓީގައި ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ބައްލައިލެއްވިއެވެ. އަދި ހުޅުމާލޭގައި ހުންނަ  
ކީރިތި
ޤުރްއާނާ ބެހޭ މަރްކަޒުގެ މިސްކިތްތަކުގެ ކްލާސްތަކާއި މަރްކަޒުގެ ގޮފީގެ ޙަރަކާތްތައް ބައްލަވައި ލެއްވިއެވެ.