ކީރިތި ޤުރްއާނާ ބެހޭ މަރްކަޒުގައި ސެންޓަރ ފޮރ ރީސާޗް އެންޑް އިސްލާމިކް ސައެންސެސްގެ ނަމުގައި ސެންޓަރެއް ހުޅުވުން

ކީރިތި
ޤުރްއާނާ ބެހޭ މަރްކަޒުގެ ރައީސް އަލްއުސްތާޒު އިބްރާހީމު ރަޝީދު މޫސާގެ ދަޢުވަތަކަށް ސުދާނުގެ ޖާމިޢަތުލް ޤުރްއާނިލް ކަރީމި ވަލް ޢުލޫމިލް އިސްލާމިއްޔާ ( ޔުނިވަރސިޓީ އޮފް ހޯލީ ޤުރްއާން އެނޑް އިސްލާމިކް ސައެންސަސް ) ގެ ޗާންސްލަރ ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާން މި މަހުގެ 19ން 23ށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

ކީރިތި
ޤުރްއާނާ ބެހޭ މަރްކަޒުގައި ސެންޓަރ ފޮރ ރީސާޗް އެންޑް އިސްލާމިކް ސައެންސެސްގެ ނަމުގައި ސެންޓަރެއް ހުޅުއްވައިދެއްވިއެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް  އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒިޔާދާއި މަރްކަޒުގެ ރައީސް އަލްއުސްތާޒު އިބްރާހީމު  ރަޝީދު މޫސާއާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ، 
ކީރިތި
ޤުރްއާނާ ބެހޭ މަރްކަޒުގައި ޤާއިމު ކުރެވުނު ސެންޓަރ ފޮރ ރީސާޗް އެންޑް އިސްލާމިކް ސައެންސެސް އަށް ބޭނުންވާ ފަންނީ އަދީ ޢިލްމީ އެހީއާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެއްވިއެވެ.

މި މަރްކަޒުން ދިނުމަށް ހަމަޖެހިފައިވާ ޚިދްމަތްތަކުގެ ތެރޭގައި މާސްޓަރސްއާއި ޕީއެޗްޑީ ފެންވަރުގެ ޢިލްމީ ދިރާސާތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީވެ ދިނުންވެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސޫދާނުގެ މި ޔުނިވަރސިޓީއާ ގުޅިގެންނެވެ.