ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް 2018

2016
ވަ އަހަރުން ފެށިގެން މި މަރްކަޒުން ކުރިއަށް ގެންދާ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ 12 ވަނަ ބުރު މިހިގާ ޖުލައި މަހުގެ 9 ވީ ހޯމަ ދުވަހު މަރްކަޒުގައި ފަށައިފިއެވެ.

މިއީ، ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން 2 މީހުން (އަންހެނަކާއި ފިރިހެނަކު) ތަމްރީނު ކުރުމުގެ މަޤުޞަދުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ފަށްޓަވައިދެއްވި މަޝްރޫޢެކެވެ. މިގޮތުން ފާއިތުވި  އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ 11 ބުރު ކުރިއަށް ގެންދެވި ރާއްޖޭގެ 90 ރަށަކުން، 177 ޖަމާޢަތްތެރިން ވަނީ ތަމްރީނު ކުރެވިފައެވެ.