ބ.ކެންދޫގައި ޖަމާޢާތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

06
ސެޕްޓްމަބަރ 2018 ވަނަ ދުވަހު، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބ.ކެންދޫ އަށް ކުރެއްވި ދަތުރުފުޅުގައި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އެރަށުގައި ހިންގުމަށް ކުރެއްވި މަޝްވަރާގެ މަތިން، ކީރިތި ޤުރްއާނާބެހޭ މަރްކަޒާ ގުޅިގެން ބ. ކެންދޫ ކުލާހުގައި
06
ސެޕްޓެމްބަރ 2018 އިން 08 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ނިޔަލަށް ޖަމޢާތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމުގައި 24 ދަރިވަރުން ބައިވެރި ވިއެވެ.  މިނިސްޓަރގެ މި ދަތުރުފުޅުގައި ބ.ކެންދޫގެ ހުންނަ ހިޔާދޭއުނގެނުން ޓިއުޝަން ކްލާހަށް 50 މުސްޙަފާއި އަދި މިނިސްޓްރީއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ނެރެފައިވާ ބައެއް ފޮތްތައްވެސް ހަދިޔާކުރެއްވިއެވެ.